ކަރެކްޝަންސްގެ އައު ހެޑްކުއާޓާސް ހުޅުމާލޭގައި ހުޅުވައިފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 10:11
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އައު ހެޑްކުއާޓާސް ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.
ހުޅުމާލެ ޖަލުގެ ގޯތި ތެރޭގައި ގާއިމުކޮށްފައިވާ ހެޑްކުއާޓާސް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިންނާއި ކަރެކްޝަންސްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް، ހަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއް ނެތުމުގެ ސަބަބުން މަހަކު އެތައް ލައްކަ ރުފިޔާ ކުލި ދެއްކި ކަމަށާއި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފަސް އިމާރާތަކަށް ކަރެކްޝަނުން ބަދަލުވި ކަމަށެވެ.