ތައިބާ މިސްކިތުގެ ބިއްލޫރުތައް ތަޅާލި މީހަކު ހައްޔަރުކޮށްފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 10:03
މާފަންނުގައި ހުންނަ ތައިބާ މިސްކިތުގެ ބިއްލޫރިގަނޑުތައް ތަޅާލައި މިސްކިތަށް ގެއްލުން ދިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތައިބާ މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިއަދު ހެދުނު 7:00 ހާއިރު އެވެ.
ކިޔުންތެރިޔަކު މި ނޫހަށް ފޮނުވި ފޮޓޯތަކަކުން ފެންނަ ގޮތުގައި މިސްކިތުގެ އެކި ދިމާލުގައި ހުރި ކުޑަދޮރުތައް ވަނީ ތަޅާލާފަ އެވެ. ބިއްލޫރިތައް ތަޅާލަން ބޭނުންކޮށްފައިވަނީ ގާބުރި ތަކެކެވެ. އެ ތަކެތި މިސްކިތުގެ ތެރޭގައި ހުރި ތަން ފެންނަ ފޮޓޯއެއް ވެސް ލިބިފައިވެ އެވެ.