ފައިސާ ޗާޕުކުރުމުގެ މަރުހަލާ ފުރިހަމަކުރަން 2.3 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ލިސްޓުކޮށްފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 12:47
ސަރުކާރުގެ ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރަން ފަށާފައިވާ މަސައްކަތްތަކުގެ މަރުހަލާތައް ފުރިހަމަ ކުރުމުގެ ގޮތުން މީގެ ކުރިން ވިއްކާފައި ހުރި 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބޮންޑުތަކެއް ސްޓޮކް އެކްސްޗޭންޖުގައި އިއްޔެ ލިސްޓުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވިއްކި މި ބޮންޑުތަކުގެ ހޯލްޑަރަކީ ޕެންޝަން އޮފީހެވެ. އޭގެ ތެރޭގައި ފަސް އަހަރާއި 10 އަހަރު ދުވަހުގެ ތެރޭގައި މެޗުއާވާ ބޮންޑުތައް ހިމެނެ އެވެ. އޭގެ ޖުމުލަ އަގު 2.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެންމެ ކުޑަ އަގެއްގައި ލިސްޓުކުރި ބޮންޑުގެ އަގަކީ ވެސް 250 މިލިއަން ރުފިޔާ އެވެ. އެއީ 2019 ވަނަ އަހަރު ޕެންޝަން އޮފީހުން ގަތް ޓްރެޝަރީ ބޮންޑެކެވެ. އެ ބޮންޑުގެ މެޗޫރިޓީ ތާރީހަކީ ނޮވެމްބަރު 25، 2019 އެވެ.