ވާނުވާ ބަންދު އުވާލަން ގޮވާލައި ސޯޝަލް މީޑިއާ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑު ކެމްޕޭނެއް
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 12:20
ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، ވާނުވާ ބަންދު އުވާލަން ގޮވާލައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވާނުވާ ބަންދު އުވާލަން ގޮވާލާ އެތައް ހާސް ޕޯސްޓެއް ވަނީ ކޮށްފަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު އެކްސް ގައި ރާއްޖޭގެ އެއްވަނަ ޓްރެންޑަކަށް ވެސް އޮތީ ވާނުވާ އުވާލަން ގޮވާލަން ބޭނުންކުރަމުންދިޔަ ހޭޝްޓެގް އެވެ.
ސޯޝަލް މީޑިއާގެ އިތުރުން، ވާނުވާ ބަންދު އުވާލަން ގޮވާލައި މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގެ އިމާރާތްތަކާއި ފާރުތަކުގައި އަދި ބޯޑު ތަކުގައި ވެސް ވަނީ ލިޔުންތައް ލިޔެފަ އެވެ. މާލޭގެ މަގުމަތިން ވެސް އެ މަންޒަރުތައް މިހާރަކަށް އައިސް ވަރަށް ގިނައިން ފެނެ އެވެ.