ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށްގޮސްފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 1:57
ބާސެލޯ މޯލްޑިވްސް ރިސޯޓު ފުއްޓަރުފަރާތާ ދިމާ ބޭރުގައި އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯނި ޖެހި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ދޯނި އަޑިއަށް ގޮސްފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެކްސިޑެންޓުވި އެއް ދޯންޏަށް ލިބުނު ގެއްލުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށެވެ.
"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވޭ. މި އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި،" ފުލުހުން ބުންޏެވެ.