ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި 50 އަހަރުގެ މަންމައަކު ހައްޔަރުކޮށްފި

އަދަދު

11 ނޮވެމްބަރު 2025 | އަންގާރަ | 2:59

ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާދިންކަމުގެ ތުހުމަތުގައި 50 އަހަރުގެ މަންމައަކު މާލެ ސަރަހައްދުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖާއަށް އޭނާގެ މަންމަ ޖިންސީ އަނިޔާ ދީފައިވަނީ މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ ކަމަށާއި އެ ކުއްޖާއަށް ޖިސްމާނީގޮތުން ވެސް އަނިޔާދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.

މައުޟޫޢުތަށް