ވެލިދޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އަދަދު

11 ނޮވެމްބަރު 2025 | އަންގާރަ | 3:27

ނ. ވެލިދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ފަހު އަލިފާން ރޯވީ އެ ރަށު "ދިވެހި" ގޭ ގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ވެފައިވީ ނަމަވެސް، އެ ގެޔަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެލިދޫން ވާހަކަ ދެއްކި މީހުން ބުންޏެވެ.

މައުޟޫޢުތަށް