ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ނުހިމެނުން ގާނޫނުތަކާ ހިލާފު، އެއީ ވައްކަމަށް މަގުފަހިކޮށްދިނުން: ހުސައިން

އަދަދު

11 ނޮވެމްބަރު 2025 | އަންގާރަ | 5:52

ކުރިއަށް އޮތް އަހަރުތަކުގައި ޕްރޮޖެކްޓުތައް ހިންގުމަށް ދައުލަތުން ނަގަން ހަމަޖެހިފައިވާ ދަރަންޏާއި އެ ދަރަނި ނަގާ ގޮތްތައް ވެސް އަންނަަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން ސާފު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރެއްވި ހުސައިން ވަނީ ބަޖެޓުގައި ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ނުހިމަނާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ގާނޫނު އޮތް ގޮތުން ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ބަޖެޓުގައި ހިމަނަން އޮންނަ އެއްޗެއް ނޫން ކަމަށް ދޭހަކޮށްދޭން، ބަޖެޓު ހުށަހެޅީ ގާނޫނުގައި ބުނާ ގޮތަށް ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް