ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން އީޔޫއާ ހިއްސާކޮށްފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 7:04
ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.
ސްރީލަންކާގައި އީޔޫގެ ވަފްދާ ބައްދަލުކުރައްވާ އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ އިތުރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ މީޑިއާގެ ހާލަތު ބައިނަލްއަގުވާމީ އެކި ޖަމިއްޔަތަކަށް ސާފުކޮށްދޭން ސްރީލަންކާގައި މިވަގުތު ހަރަކާތްތެރިވާ އެމްޖޭއޭގެ ޓީމުން ދަނީ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާ ބައްދަލުކުރަމުންނެވެ.