ކާށިދޫ ފަރަށް ބޯޓެއް އަރައި އެކަކު ގެއްލިއްޖެ
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 11:09
މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ފައިސަލާ" ބޯޓު ކާށިދޫ ފަރަށް މިރޭ އަރައި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ފައިސަލާ" ނަމަކަށް ކިޔާ އެ ބޯޓުން 11 މީހުން ދަތުރުކުރި ކަމަށާއި އޭގެ ތެރެއިން 10 މީހުން ފުލުހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބޯޓުން ގެއްލުނީ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.