ހުލާސާކޮށް އިއްޔެ: ކޮރަޕްޝަން އެންމެ ގަދައަށް ހިންގަނީ ދަށު އަދި މެދު ފަންތީގެ މުވައްޒަފުން ކަމަށް ވިދާޅުވުން
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 6:05
މި ސަރުކާރުގެ ވެރިން ކޮރަޕްޝަން ހިންގާ ކަމަށް ކުރެވޭ ތުހުމަތުތައް އިތުރުވެފައި ވަނިކޮށް، އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ އެންމެ ދަށު ފަންތިން ފެށިގެން މެދުފަންތިއާ ހަމައިގައި ތިބޭ މުވައްޒަފުން ކަމަށެވެ.
"ގިނަފަހަރު މި ކޮރަޕްޝަންގެ އަމަލު ހިންގެނީ ނޫނީ ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން،" މުއިއްޒު ވިދާޅުވި އެވެ.