ފުވައްމުލަކަށް މިއަދު ހަވީރު ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިން ބުނެފި
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 9:31
ފުވައްމުލައް ސިޓީގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މިއަދު ހަވީރު ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޖާހު އަދަދު އަށް ވިދާޅުވީ ފުވައްމުލަކަށް ފެނުގެ ހިދުމަތް މިއަދު ހަވީރު ދިނުމަށް މަސައްކަތް ކުރަނީ ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްފަހު ކަމަށެވެ.
"މިއަދު ހަވީރަށް މި ބަލަނީ ފެން ދޫކުރަން. ދާއިމި ހައްލެއް ގެންނަން މަސައްކަތް ކުރަނީ. ޕްލާންޓް ރިޕެއާކުރުން އަދި ޕައިޕްލައިން ރިޕެއާކުރުން،" އޭނާ ވިދާޅުވި އެވެ.