350 ކިލޯގެ ޑްރަގު ފެނުނު ބޯޓުގައި ތިބި ފަސް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަދަދު

12 ނޮވެމްބަރު 2025 | ބުދަ | 9:57

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 350 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު އަތުލައިގަތް ލަންކާގެ މަސް ބޯޓުގައި ތިބި އެ ގައުމަށް ނިސްބަތްވާ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނޯޓުވޯކަކުން ހިންގާފައިވަ ކުށެއް ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާގެ އެ މަސް ބޯޓު ބަލައި ފާސްކުރިއިރު 355.9 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 24 ގޯނި ފެނިފައިވަ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 58.6 ކިލޯގެ ހެރޮއިން އާއި 297.3 ކިލޯގެ މެތަމްފެޓަމިން އެވެ.

މައުޟޫޢުތަށް