މިއީ ކޮރަޕްޝަން ހިންގުމަށް މުއިއްޒު އެކުލަވާލި 'ކަޓު' ބަޖެޓެއް: މީކާއިލް
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 1:00
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަން ހިންގުމަށް އެކުލަވާލާފައިވާ، 'ކަޓު' ބަޖެޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި މީކާއިލް މިފަދައިން ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ވިދާޅުވެ މުއިއްޒު އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"މި ބަޖެޓަކީ ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާ. ދިވެހި ރާއްޖޭގެ ވަލީއުލްއަމްރު، ކޮރަޕްޝަން ހިންގަވަން އުފައްދަވާފަ އޮތް ވަރަށް ކަޓު ބަޖެޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވޭ،" މީކާއިލް ވިދާޅުވި އެވެ.