މުއިއްޒުގެ ދަތުރުތަކުން އެދޭވަރުގެ ބޮޑެތި ނަތީޖާތަކެއް ނުނިކުތަސް ރާއްޖެއަށް ފައިދާތަކެއް ކުރި: ދީދީ
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 12:39
ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުން އެދޭވަރުގެ ބޮޑު ނަތީޖާއެއް ނުނިކުތަސް ރާއްޖެއަށް ފައިދާތަކެއް ކުރި ކަމަށް އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ މުއިއްޒުގެ ދަތުރުތަކުން ނަތީޖާއެއް ނުނިކުންނަ ކަަމަށާއި ބޭރު ގައުމުތަކުން އެހީ ނުހޯދޭ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބަޖެޓު ބަހުސްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"ދެންމެ ވިދާޅުވީ [މުއިއްޒު] ހޮލިޑޭ ހެއްދެވިއްޔޭ. ނޫން. ބުރަކޮށް މަސައްކަތް ކުރެއްވީ. އެ ދަތުރުފުޅުން އަޅުގަނޑުމެން އެދޭހާ ނޫނީ އަޅުގަނޑުމެން އުންމީދުކުރާހާ ބޮޑު ނަތީޖާއެއް ނުނިކުމެ ހިނގައިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ނޭނގޭ ކިތަންމެ ގިނަ ގުނަ ފައިދާތަކެއް ރާއްޖެއަށް ކުރި،" ދީދީ ވިދާޅުވި އެވެ.