ދެ މީހަކު ދަންޖެހުނު ކުޅުދުއްފުށި ޖަލުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

އަދަދު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 8:55

ދެ މީހަކު ދަންޖެހުނު ހދ. ކުޅުދުއްފުށި ޖަލުގައި އެންމެފަހުން ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޕާ ނޯތު ޕޮލިސްގެ ރީޖަން ކޮމާންޑަރު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ ވިދާޅުވީ ރީޖަންގެ ކަސްޓޯޑިއަލް ފެސިލިޓީތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން ކުޅުދުއްފުށި ޖަލުގައި ސީސީޓީވީ ހަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުންގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރީޖަންގެ ކަސްޓޯޑިއަލް ފެސިލިޓީތަކަށް ބޭނުންވާ ބަދަލު ގެނައުމުގެ މަސައްކަތް ކުރެވިފައިވޭ. އެގޮތުން ކުޅުދުއްފުށި ސިޓީ ކަސްޓޯޑިއަލްގައި ސީސީޓީވީ ކެމެރާ އިންސްޓޯލްކޮށް 24 ގަޑިއިރު މޮނިޓާކުރަން ފެށިފައިވޭ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް