ފުވައްމުލައް ފެނަށް ޖެހުން: ރަށުގައި މިއަދު ވެސް މުޒާހަރާ، ބައިވެރިން ގޮވާލަނީ މުއިއްޒުގެ އިސްތިއުފާއަށް

އަދަދު

12 ނޮވެމްބަރު 2025 | ބުދަ | 5:28

ދިވެހިރާއްޖޭގެ އެންމެ ބައިބޯ އެއް ރަށް ފުވައްމުލަކަށް ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބޭ މައްސަލައިގައި އެ ރަށުގެ ބަޔަކު މިއަދު ވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.

ޖުމްލަ 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި މިވަގުތު ކުރިއަށްދާ މުޒާހަރާގައި ބައިވެރިން ބުނަމުންދަނީ އެ ރަށަށް ސާފު ފެން ނުލިބުމަކީ ސަރުކާރުގެ ބޮޑު ފޭލިއާއެއް ކަމަށެވެ. އެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

"މި ސަރުކާރުން މި ވަނީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައީސުލްޖުމްހޫރިއްޔާ މި ވަނީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައްޔިތުންނަށް ފެން ފޯރުކޮށްދެވޭނެ ވަރުގެ ބަޔަކު މި ސަރުކާރަކު ނެތް،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

މައުޟޫޢުތަށް