ހުޅުމާލެ ތިނެއް ހިއްކަނީ ވެސް އެމްއޭސީއެލްއިން ވަކި ކުންފުންޏެއް ހަދައިގެން
އަދަދު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:38
ހުޅުމާލެ ފޭސް ތިނެއް ހިއްކަން އަލުން ފެށީ ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓު ކިޔާ ކުންފުންޏެއް އުފައްދައިގެން ކަން އެނގިއްޖެ އެވެ.
މިއީ ބިން ހިއްކުމުގެ މަސައްކަތް ކުރަން އެމްއޭސީއެލްއިން އުފެއްދި ދެ ވަނަ ސަބްސިޑަރީ ކުންފުންޏެވެ. އެމްއޭސީއެލްއިން ބިން ހިއްކުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ އަނެއް ސަބްސިޑަރީ ކުންފުންޏަކީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ކުންފުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުފައްދާފައިވާ މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ކުންފުނީގެ ބޯޑުގައި ތިބެނީ އެމްއޭސީއެލްގެ ބޯޑު މެންބަރުންނެވެ. އަދި، މި ކުންފުނީގެ ވެސް މެނޭޖިން ޑިރެކްޓަރަކީ، އެމްއޭސީއެލް އާއި ޕެނިންސޫލާގެ ކުންފުނީގެ، އިބްރާހިމް ޝަރީފެވެ.