ކައުންސިލް އިންތިހާބަށް ގެންނަ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

އަދަދު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:28

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަނުކުރާތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކުރުމަށް އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފި އެވެ.

އެމްޑީޕީން ބުނީ ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، މުހައްމަދު މުއިއްޒާއި ސަރުކަރުގެ ވެރިން ދައްކަމުންދާ ކަމަށެވެ.

ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވާލާފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މައުޟޫޢުތަށް