ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ޔޫކްރެއިންގެ ދެ މިނިސްޓަރުން އިސްތިއުފާ ދީފި

އަދަދު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:16

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި އެކު ޔޫކްރެއިންގެ ހަކަތައާއި ބެހޭ މިނިސްޓަރު އަދި ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދީފި އެވެ.

ބީބީސީގައި އާންމު ކޮށްފައިވާ ގޮތުން, މި މައްސަލައަކީ ޔޫކްރޭނުގެ ނިއުކްލިއާ ޕްލާންޓްތައް ހިންގާ ކުންފުންޏެއް ކަމަށްވާ އެނަރގޯއެޓަމްއާ ގުޅުންހުރި މައްސަލައެކެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ޔޫކްރެއިންގެ އިސް ފަރާތްތަކުން ބުނާ ގޮތުގައި، އެ ކުންފުނިން ވަނީ 100 މިލިއަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ސަރުކާރުގެ އިސް ފަރާތްތަކަށް ދީފަ އެވެ. އަދި މިއީ އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުންތައް ދެމެހެއްޓުމަށް ދިން ފައިސާގެ ގޮތުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޫކްރޭނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ގާނޫނާ ހިލާފު މި އަމަލުތައް އަހަރަކަށް ވުރެ ގިނަ ދުވަހު ހިންގާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުން ވަނީ ސަރުކާރުގެ އިސް ވެރިންގެ ފޯނު ކޯލްތަކާއި ލިޔެކިޔުންތަކުން ހެކި ހޯދައި، ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ ގިނަ އޮފީސްތަކެއް ބަލައި ފާސްކޮށްފަ އެވެ.

މައުޟޫޢުތަށް