ޕީއެންސީ ޖަލްސާ އޮންނަ ވަގުތު ޕީއެންއެފް އިން ވެސް ޖަލްސާއެއް ބާއްވަނީ

އަދަދު

14 ނޮވެމްބަރު 2025 | ހުކުރު | 2:11

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް، ހަމަ އެ ވަގުތު އިދިކޮޅު ޕީއެންއެފް އިން ވެސް ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފި އެވެ.

ޕީއެންއެފް އިން މީޑިއާތަކަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ ޕާޓީގެ ޖަލްސާ ކުރިއަށް ދާނީ ޕީއެންސީގެ ޖަލްސާ ވެސް އޮންނަ ގަޑީގައި ކަމަށެވެ.

އިތުރު ތަފުސީލު ހޯދުމަށް މި ނޫހުން ގުޅުމުން މަލީހު ވިދާޅުވީ ޖަލްސާ އޮންނާނީ ފްރޮންޓް އޮފީހުގައި ކަމަށާއި ޖަލްސާގައި އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޖަލްސާގައި ޕާޓީގެ އިތުރު އިސްވެރިން ވެސް ބައިވެރިވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

މައުޟޫޢުތަށް