ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ
އަދަދު
14 ނޮވެމްބަރު 2025 | ހުކުރު | 1:49
ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެކުވެފައި އޮންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނީ ފަރުކޮޅުފުށީގައި ރިސޯޓު ހިންގި އިރު ބޭނުންކުރި، ވަރަށް ދުވަސްވެފައި ހުރި އިމާރާތެއްގަ އެވެ.
އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، ގިނަ އަދަދެއްގެ ކަޅު ދުން އަރާތަން ވީޑިއޯތަކުން ފެނެ އެވެ. އަލިފާން ރޯވީ ހުކުރު ވަގުތު ކަމުން ހާދިސާ ހިނގިއިރު، އެ އިމާރާތުގެ ތެރޭ އަދި އެ ސަރަހައްދުގައި މީހަކު ހުރެދާނެ ކަމަކަށް ނުބެލެވެ އެވެ.