ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި

އަދަދު

14 ނޮވެމްބަރު 2025 | ހުކުރު | 4:25

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް، ހަމަ އެ ވަގުތު އިދިކޮޅު ޕީއެންއެފް އިން ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި އެވެ.

ޕީއެންއެފް އިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ޕާޓީގެ ޖަލްސާ އާދީއްތަ ދުވަހުގެ ރެެއަށް ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

އެ ޖަލްސާގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް