ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓުކުރަން ފަށަނީ
އަދަދު
14 ނޮވެމްބަރު 2025 | ހުކުރު | 11:02
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ފިންގާޕްރިންޓް އަދި ފޮޓޯ (ބަޔޯމެޓްރިކްސް) އަޕްޑޭޓް ނުކުރާ ހުރިހާ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓްކުރަން ފަށާނެ ކަމަށް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މުއްދަތު މާދަމާއަށް ހަމަވުމާއެކު، އޭގެ އަނެއް ދުވަހު ހިންގާ އޮޕަރޭޝަނުގައި އެކަން ފުރިހަމަ ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރާއްޖޭގައި މީގެ ފަހުން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެއްވެސް ބިދޭސީއަކަށް ނުހުރެވޭނެ ކަމަށާއި އެގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރަން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.