އިދިކޮޅު ކައުންސިލަރުން ހޮވައިފިނަމަ ތަރައްގީއަށް ހުރަސްއެޅިދާނެ ކަމުގެ ނުސީދާ އިންޒާރެއް މުއިއްޒު ދެއްވައިފި

އަދަދު

14 ނޮވެމްބަރު 2025 | ހުކުރު | 11:45

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވާހަކަ ދައްކަވައިފި އެވެ.

ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި މިހާރެކޭ އެއްގޮތަށް ސަރުކާރާއެކު ކުރިއަށް ދިޔުމަށް ރައްޔިތުން ކައިރި އެދޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ތަރައްގީގެ މަސައްކަތްތަކަށް އެޅޭ ހުރަހަކަށް ނުހެއްދެވުމަށް ވެސް ގޮވާލެއްވި އެވެ.

"ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ވިންދާއި އިހުސާސާއި އެއްގޮތަށް ސަރުކާރުގެ މަޝްރޫއުތައް ތަންފީޒުކުރުމަށްޓަކައި ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ހޮވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ދިވެހިރާއްޖޭގެ ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑު ކުރާ އިލްތިމާސް،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް