ރޯދަ މަހު ކަރަންޓު ބިލަށް ގިނަވެގެން އަރާނީ 400ރ. ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

14 ނޮވެމްބަރު 2025 | ހުކުރު | 10:47

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ރޯދަ މަހުގެ ކަރަންޓު ބިލަށް އަރާނީ ގިނަވެގެން 400ރ. ކަމަށް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރަ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ވިދާޅުވި އެވެ.

"ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް