ބީއެމްއެލްގެ އާ ކުންފުންޏަކީ ހިންގާ ބޮޑު ޖަރީމާއެއް، މައްސަލަ ބެލޭނެ: ޔާމީން
އަދަދު
15 ނޮވެމްބަރު 2025 | ހޮނިހިރު | 8:48
ބޭންކު އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަކީ "ހިންގާ ބޮޑު ޖަރީމާއެއް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގއި ޔާމީން ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާ އަށް ބީއެމްއެލްއިން ވަނުމަކީ މުޅި ނިޒާމު އޮޅުންބޮޅުން ކުރުމެވެ.
"މިއީ ބޭންކު އޮފް މޯލްޑިވްސްއަށް ކުރެވޭނެ ކަންކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.