ރަސްމާލެ ހިއްކާ ނިންމަން އިތުރު ތާރީހެއް، މުއިއްޒު ވިދާޅުވީ ފަސް މަހުން ނިމޭނެ ކަމަށް

އަދަދު

15 ނޮވެމްބަރު 2025 | ހޮނިހިރު | 11:08

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިއްކަން ފެށި ރަސްމާލޭގެ ބިން ހިއްކުން އެއްކޮށް ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް ދެއްވި އެއްވެސް ތާރީހަކަށް އެ މަސައްކަތް ނިމިފައި ނުވަނީސް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ ހިއްކާ ނިންމާނެ އައު ތާރީހު އިއުލާނު ކުރެއްވީ ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި އެއްވުމުގައި މުއިއްޒު ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

ރޭ އެމަނިކުފާނު ރަސްމާލޭގެ ވާހަކަ ދެއްކެވީ މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް އެ ތަނުން ގޯތި ދޭން މި ފަހުން އިއުލާނުކުރި ވާހަކަ ތަކުރާރު ކުރެއްވުމަށްފަހު އެވެ.

މައުޟޫޢުތަށް