އދ. ގެ އަހަރީ ޖަލްސާގައި ބައިވެރިވާން ކުރި ރަސްމީ ދަތުރުގެ ތެރެއިން ވެސް ވަހީދު އެޕްސްޓީންއާ ބައްދަލުކުރި

އަދަދު

15 ނޮވެމްބަރު 2025 | ހޮނިހިރު | 7:29

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބޭއްވިކަން ފަޅާއަރާފައިވާ ކުރީގެ ރައީސް މުހައްމަދު ވަހީދު، އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން ވެސް އެޕްސްޓީންއާ ބައްދަލުކުރިކަން އެނގިއްޖެ އެވެ.

ވަހީދާއި އެޕްސްޓީން އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް ހާމަވީ، އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އަލަށް އާންމުކުރި 20،000 ފައިލްގެ ތެރޭގައި އެ މުއާމަލާތްތައް ހިމެނިފައިވާތީ އެވެ.

އެޕްސްޓީން އަށް ފޮނުވި އެއް މެއިލްގައި ވަހީދު ވަނީ އދ. ގެ 67 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ދެ ކަނބަލުން އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް ހިއްސާކުރައްވާފަ އެވެ. މުޅި ދަތުރުގައި ރާވާފައި ހުރި ހުރިހާ ކަމެއް ހަ ސަފުހާގެ އެ ޝެޑިއުލްގައި ހިމަނާފައިވެ އެވެ.

މައުޟޫޢުތަށް