އާބާދީ ކުޑަ ރަށްރަށުގެ ރަށު ކައުންސިލުތައް ކުޑަކޮށް އެލްޖީއޭގެ ބާރު އިތުރު ކުރަން ގާނޫނަށް ބަދަލު ގެންނަނީ
އަދަދު
15 ނޮވެމްބަރު 2025 | ހޮނިހިރު | 10:14
އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށުގެ ރަށު ކައުންސިލުތަަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު މަދު ކުރަން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.