ދެ ސީޕްލޭން ޗާޓަރު ކޮށްގެން ރައީސް އާއި ނައިބު ރައީސް ފުޓްސަލް ދަނޑެއް ހުޅުވަން މަންދޫއަށް!
އަދަދު
16 ނޮވެމްބަރު 2025 | އާދިއްތަ | 10:07
މާލީ ދަތިކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ސީޕްލޭން ޗާޓަރުކޮށްގެން ހަމައެކަނި ފުޓްސަލް ދަނޑެއް ހުޅުވުމަށް ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު އަބްދުއްލަތީފު އދ. މަންދުއަށް އިއްޔެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އާއި ނައިބު ރައީސް މަންދު އަށް ވަޑައިގަތީ ދެ ސީޕްލޭނުގަ އެވެ.
ރާއްޖޭގެ އެއާލައިންތަކުގެ ވިޔަފާރީގެ ރޭޓަށް ބަލާއިރު މަންދޫ އަށް ސީޕްލޭންގައި ޗާޓަރު ދަތުރެއް ކޮށްދޭ އެވްރެޖު އަގު އުޅެނީ 8500 ޑޮލަރަށެވެ. އެހެންވެ، ދެ ސީޕްލޭން ޗާޓަރު ކުރުމަށް 17،000 ޑޮލަރު ހަރަދު ވާނެ އެވެ. އެ ދަތުރާއި އެހެނިހެން ހަރަދަށް ބަލާއިރު ދެ ގަޑިއެއްހާއިރުގެ ދަތުރުގެ ޖުމުލަ ހަރަދަށް މަދުވެގެން 300،000ރ. ހޭދަވާނެ ކަމަށް ބެލެވެ އެވެ.