މި އަހަރުގެ ބަޖެޓުގައި ހަރަދުކުޑަކުރަން ހިމެނި އެއްވެސް ކަމެއް ހާސިލެއް ނުވި، ކުންފުނިތައް ވެސް ވީ އިތުރު: ޒިޔާދު

އަދަދު

16 ނޮވެމްބަރު 2025 | އާދިއްތަ | 9:58

ދައުލަތުގެ ހަރަދު ކުޑަކުރަން މި އަހަރުގެ ތެރޭ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމާއި އިތުރު ސިޔާސަތުތަކެއް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމެނި ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލު ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ބަޖެޓުގައި ސަރުކާރުން ހިމަނާ ކަންކަން ކުރާނެ ކަމާމެދު އިތުބާރެއް ނެތް ކަމަށެވެ. އެގޮތުން އާމްދަނީ އާއި ހިލޭ އެހީގެ އިތުރުން ހަރަދު ކުޑަކުރަން މި އަހަރުގެ ބަޖެޓުގައި ހިމެނި ކަންކަން ހާސިލްނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހަރަދު ކުޑަކުރަން 2025 ގެ ބަޖެޓުގަ ޖެހީ ބައެއް ކުންފުނިތައް އުވާލަން، އެއް ކުންފުނި އުވުނީ. ތިން ކުންފުނި އުފައްދައިފި. ގައު އަޅާ ކުންފުންޏެއް އެބަ އޮތް މިހާރު، ކޮންސްޓްރަކްޝަން ކުންފުންޏެއް ބީއެމްއެލް އިން ހަދައިފި. ބޭސް ގެންނަ ކުންފުންޏެއް ހަދައިފި. އައިނު ހަދާ ކުންފުންޏެއް ހަދައިފި. އިއްޒަތްތެރި ރައީސް ހަރަދު ކުޑަކުރަން މީގަ ނެތް އެއްވެސް ކަމެއް ކުރެވިފައެއް،" ޒިޔާދު ވިދާޅުވި އެވެ.

މައުޟޫޢުތަށް