ހަފުތާއެއް ތެރޭ ފަށަން މުއިއްޒު ވިދާޅުވި ގޮއިދޫ ސްކޫލުގެ ކްލާސްރޫމުތަކުގެ މަސައްކަތް މަހެއް ވީއިރު ވެސް ނުފެށޭ: އަމީން

އަދަދު

16 ނޮވެމްބަރު 2025 | އާދިއްތަ | 11:22

ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ށ. ގޮއިދޫއަށް ވަޑައިގެން ހަފުތާއެއް ތެރޭ މަސައްކަތް ފަށާނެ ކަމަށް ބުނި އެ ރަށު ސްކޫލުގެ ކްލާސްރޫމުތައް އެޅުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް އަދި ވެސް ނުފެށޭ ކަމަށް ގޮއިދޫ ހިމެނޭ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަމީން މިފަދައިން ވިދާޅުވީ މިދިޔަ ދެ އަހަރުގެ ބަޖެޓުން އޭނާގެ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ.

އެގޮތުން، ގޮއިދޫ ސްކޫލުގައި އަށް ކްލާސްރޫމް އެޅުމުގެ މަޝްރޫއު ހުއްޓިފައި ހުންނަތާ ދެ އަހަރުފަހުން އަލުން މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި ތާރީހު ފަހަނައަޅާ ދިޔައިރު އެއްވެސް ކަމެއް ނުވާކަން އަމީން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް