މި ސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް

އަދަދު

16 ނޮވެމްބަރު 2025 | އާދިއްތަ | 11:17

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގދ. މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށާއި ސަރުކާރަށް ސަނާކިޔާ އަތް ޖެހެން ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ މި ބަޖެޓު ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ބިން ހިއްކި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެދޮރު ދެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް، އަބަދު ވެސް ބަޖެޓުގެ ބަހުސްގައި އަޅުގަނޑުގެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދެން. އެހެން ނަމަވެސް އެއްވެސް ވަރަކަށް. އަދި މި ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފަ ނެތް ވާހަކަ ވެސް ފާހަގަކުރަން،" ޝަމީޒް ވިދާޅުވި އެވެ.

މައުޟޫޢުތަށް