އިންފްލޭޝަނަށް ސަރުކާރުން ތައްޔާރުނުވާ ނަމަ މުސާރަ ބޮޑުކުރުމުގެ ބޭނުމެއް ނޯންނާނެ: އަޒާން
އަދަދު
16 ނޮވެމްބަރު 2025 | އާދިއްތަ | 12:30
އުފުލޭ އިންފްލޭޝަން އަށް ސަރުކާރުން ތައްޔާރުވެ އެކަމާ ދެކޮޅަށް ދުރާލައި ފިޔަވަޅުތަކެއް ނާޅައިފިނަމަ ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް މި އަހަރާއި އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ މުސާރަތައް ބޮޑުކުރުމާއެކު އިންފްލޭޝަން އުފުލުން އާންމު ކަމަށާއި އެކަމަށް ސަރުކާރުން މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.
"މިހާރުއްސުރެ އިންފްލޭޝަން މަތިވުމާ ދެކޮޅަށް އަޅުގަނޑުމެން، ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭ. ދުރާލާ ތައްޔާރުވާން ޖެހޭ. އެހެން ނޫންނަމަ މި ބޮޑުކުރާ މުސާރައިގެ ވެސް މާ ބޮޑު ބޭނުމެއް ނޯންނާނެ. އެކަމުގެ ފައިދާއެއް ނުކުރާނެ،" އަޒާން ވިދާޅުވި އެވެ.