ސާޖިދާގެ ދަރިކަލުންގެ ކަރާމާތް ގެއްލުނު ކަމަށް ނިންމައި އެކަމުގައި ފައްޔާޒް ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިފި
އަދަދު
16 ނޮވެމްބަރު 2025 | އާދިއްތަ | 1:20
އެމްޑީޕީގެ އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަ ދައްކައި އޭނާގެ ކަރާމާތް ނަގާލި ކަމަށް ނިންމައި އެ މައްސަލައިގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާވާންޖެހޭނެ ކަމަށް ފެމިލީ ކޯޓުން ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދިޔައިރު މަންދީގެ މައްސަލަ ބެލީ ވަކިންނެވެ. އުމެއިރުގެ ވާހަކަ ދެއްކީ މަންދީ އެވެ.
އޭގެ ތެރެއިން މަންދީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ކޯޓުން ނިންމީ އުމެއިރުގެ ކަރާމާތަށް މަންދީ އަރައިގަތް ކަމަށް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ނިންމި އެވެ.