ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަން އާއެކު ސޮއިކޮށްފި
އަދަދު
16 ނޮވެމްބަރު 2025 | އާދިއްތަ | 7:59
ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް ހެލްތު މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް އިޔާޒު އެވެ. މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރު ސޮއިކުރެއްވިއިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހީނާ ވަލީދެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެއްވެސް ގާނޫނީ ހުރަހެއް ނެތި އެއާއެމްބިއުލާންސް ހިދުމަތް ރާއްޖެއިން ބޭރުން ދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.