ގެދޮރުވެރިކުރުމުގެ ވައުދު ފުއްދަން "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާހުކޮށްފި

އަދަދު

16 ނޮވެމްބަރު 2025 | އާދިއްތަ | 10:18

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދު ފުއްދަން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިރޭ އިފްތިތާހުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ސިޔާސަތުގެ މަގުސަދަކީ ދިވެހި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ކަމާއެކު ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމެވެ. އަދި، މިއީ "ހައުސިން އެކްސެސިބިލިޓީ" އަދި "ހައުސިން އެފޯޑަބިލިޓީ" ގާއިމުކޮށްދޭނެ ސިޔާސަތެއް ކަމަަށް ވެސް، މިނިސްޓްރީން ބުންޏެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ މިއީ ވަރަށް ގިނަ ދިވެހި ރައްޔިތުންތަކެއް ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭން މި ސަރުކާރުން ފެށި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މައުޟޫޢުތަށް