ދައުލަތުގެ ހަރަދު ކުޑަކުރާނެ ގޮތުގެ ތަފުސީލެއް ބަޖެޓުގައި ނެތް، ހަރަދު ކުޑަ ކުރާތަނެއް ވެސް ނުފެނޭ: ކުޑޫ

އަދަދު

17 ނޮވެމްބަރު 2025 | ހޯމަ | 12:30

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކުރާނެ ކަންކަމުގެ ތަފުސީލެއް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ ޖުމުލަ ދަރަނި ހުރީ 148.9 ބިލިއަން ރުފިޔާއަށް އަރާފައި ކަަމަށެވެ. ނަމަވެސް އެއީ ދައުލަތް ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދަރަނި ނުހިމަނާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ދައުލަތުގެ އަސްލު ދަރަނި އަންދާޒާ ކޮށްލަން ވެސް ނޭނގޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އެހާ މަތީގައި ހުރި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހަރަދު ކުޑަކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން ކުޑޫ ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް