ފުވައްމުލަކު ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހަދާތީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަނީ
އަދަދު
17 ނޮވެމްބަރު 2025 | ހޯމަ | 2:29
ފުވައްމުލަކު ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ނަމަވެސް، ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހެދުމުން ފުވައްމުލަކު ސިޓީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަން ނިންމައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރަށު ރައްޔިތުން ބޭނުން ކުރުމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ޔަގީންކުރަން ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"ރައްކާތެރި ބޯފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ވެސް ޒިންމާއަކަށްވީ ހިނދު ފެނަކައިން ފުވައްމުލަކުގެ ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށާއި، އަދި މި ޓެސްޓުތައް ގަވާއިދުން މެދުނުކެނޑި ހެދުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން ވަނީ ނިންމާފައި،" އެ ކައުންސިލުން ބުންޏެވެ.