އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަށް ފެނަށް ޖެހުނީ މިދިޔަ ސަރުކާރުން ކޮރަޕްޝަން ހިންގީމަ ކަމަށް

އަދަދު

17 ނޮވެމްބަރު 2025 | ހޯމަ | 2:04

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން އެ ސިޓީން ފެން ކަނޑާލައި، ބޮޑު އާބާދީއެއް ފެނަށް ޖެހުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކޮރަޕްޝަން ހިންގުމުގެ ސަބަބުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.

ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރި ކުންފުނިން ދެ އަހަރުގެ ވޮރަންޓީއާއެކު އެ ދެ ނިޒާމު ބަލަހައްޓަން އޮތް ނަމަވެސް، އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުން ބާތިލުކޮށް ނިޒާމުތައް ބެލެހެއްޓުން ފެނަކައާ ހަވާލުކުރި ކަމަށެވެ. ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ އެގޮތަށް އަމަލުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ އަހަރު ދުވަހުގެ ވޮރަންޓީ ނިމި. އެކި އެކި ދިމާލުން ނަޖިސް އަރާ، އެ ނަޖިސް ނެގުމަށްޓަކައި އޭރުގަ ސަރުކާރުން ކޮރަޕްޝަން ހިންގާ ދިޔަ މަންޒަރު. މިއަދު އަޅުގަނޑުމެންނަށް ފެނުގެ މައްސަލަ ދިމާވެގެން މިއުޅެނީ އޭރު އެކަން ރަނގަޅު ގޮތުގަ ނުކުރީމަ،" އިބްރާހިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް