ބޭނުންކުރެވޭ ރިޒާވުން އެއް މިލިއަން ޑޮލަރު މަދުވެއްޖެ
އަދަދު
17 ނޮވެމްބަރު 2025 | ހޯމަ | 3:30
މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދުން އެއް މިލިއަން ޑޮލަރު މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 193 މިލިއަން ޑޮލަރެވެ. ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194 މިލިއަން ޑޮލަރެވެ.
ބޭނުންކުރެވޭ ރިޒާވު މިލިއަން ޑޮލަރުން ދަށަށް ދިޔަ ނަމަވެސް، ޖުމްލަ ރިޒާވުގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 866 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ މަހަށްވުރެ ހަތް މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.