ޣައިރު ގާނޫނީ ބަދަލުގައި މަތި އަޅަން ވެސް ހުށަހެޅީ ގާނޫނާ ހިލާފު އިސްލާހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

އަދަދު

17 ނޮވެމްބަރު 2025 | ހޯމަ | 4:59

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މަތި އަޅަން ވެސް ހުށަހެޅީ ގާނޫނާ ހިލާފު އިސްލާހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ރެފެރެންޑަމް އަކުން ވިއަސް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ހިލާފަށް ފާސްކޮށްފައިވާ ދުސްތޫރީ ނައްސެއްގެ މައްޗަށް ބިނާކޮށް ކުރާ އެއްވެސް ކަމަކަށް ދުސްތޫރީ އަދި ގާނޫނީ ޝަރުއިއްޔަތު ލިބިގެން ނުދާނެ ކަމަށެވެ.

"ރެފެރެންޑަމް އަކީ އެއްވެސް ހާލެއްގައި ހުދު މުޚުތާރު ނިޒާމަކުން ހިންގާ ގައިރުދުސްތޫރީ އަމަލުތައް ފޮރުވުމަށްޓަކައި ނުވަތަ އެނޫންވެސް ޝަހްސީ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ނަގާ އެއްޗަކަށްވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް