ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕީޖީގައި އެދިއްޖެ

އަދަދު

17 ނޮވެމްބަރު 2025 | ހޯމަ | 7:20

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި، ތަހުގީގުކޮށް، ގާނޫނި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަމުރުކޮށްދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު އައްބާސްގެ އަރިހުން އެދިއްޖެ އެވެ.

އެ ޕާޓީން މިއަދު އައްބާސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ މަޝްރޫއުތަކުގައި ސޮއިކުރުމުގައި އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތް ކަމަށް ބުނެފަ އެވެ. ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މި ޕްރޮޖެކްޓުތައް ބަހާލުމަށް މާލިއްޔަތު ގާނޫނާ ހިލާފު ބަދަލެއް މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާކަން އެމްޑީޕީން ވަނީ ބުނެފަ އެވެ.

"މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ޕްރޮކިއުމަންޓުގެ ނިޒާމު ގަޑުބަޑުވެ، ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެންހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް،" އެމްޑީޕީއިން ޕީޖީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް