މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ޕާސަނަލް އެސިސްޓެންޓަކަށް ހުރި ސަނާހު ޕީއެންސީން ވަކިވެއްޖެ

އަދަދު

17 ނޮވެމްބަރު 2025 | ހޯމަ | 9:59

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުއްވި އެ ޕީއެންސީގެ ސެނެޓު މެންބަރު، އިބްރާހިމް ސަނާހު (ސަންޓޯ) އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ސަންޓޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.

ޕީއެންސީގެ މެންބަރުކަމުން ސަންޓޯ ވަކިވީ ސީދާ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތުން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މައުޟޫޢުތަށް