ގޭންގުތަކުން ކުށްކުރުން ހުއްޓާލައި މިހާރު އުޅެނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ، ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: މުއިއްޒު
އަދަދު
17 ނޮވެމްބަރު 2025 | ހޯމަ | 11:20
ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމަށާއި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު މިހާރު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަން އުޅުނު ކުދިން މިހާރު އުޅެނީ ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ކަމަށެވެ.
"އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" މުއިއްޒު ވިދާޅުވި އެވެ.