24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ބަލަނީ
އަދަދު
18 ނޮވެމްބަރު 2025 | އަންގާރަ | 10:31
ފުލުހުންގެ އެހީތެރިކަމަށް އެދިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެގެން އެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނީ ހަމަ އެ ރޭގެ ވަގުތެއްގައި ކަމަށެވެ.
"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދެވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް،" ފުލުހުން ބުންޏެވެ.