ވައުދުވި ގޮތަށް މި އަހަރުގެ ނިޔަލަށް އާރުޓީއެލް މަޝްރޫއު ފުރިހަމަ ނުކުރެވުނު، އާ ތާރީހަކީ އަންނަ މާޗު މަސް
އަދަދު
18 ނޮވެމްބަރު 2025 | އަންގާރަ | 1:22
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމު މުޅި ރާއްޖޭގައި ގާއިމުކުރަން ފެށި މަޝްރުއު ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި ތާރީހު ރޭ ބަދަލުކުރައްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ގާއިމުވެފައި ނުވާ ހުރިހާ އަތޮޅަކަށް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ގާއިމުކުރާނެ ކަމަށެވެ.
"މި އަހަރުގެ ނިޔަލަށް ނިންމައެއް ނުލެވޭ. އެހެންނަމަވެސް މާޗު މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ، މި އަންނަ މާޗު މަހުގެ ނިޔަލަށް އާރްޓީއެލް ހިދުމަތް ގާއިމުނުވާ ހުރިހާ އަތޮޅެއްގައި ގާއިމުކޮށް ނިންމާނަން އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.