އެމްބަސީތަކަށް ކުރާ ހަރަދާއި ވެރިންގެ ބޭރު ދަތުރުތައް އިތުރުވާއިރު ހިލޭ އެހީ ދަށްވާތީ ސަމީރުގެ ކަންބޮޑުވުން
އަދަދު
18 ނޮވެމްބަރު 2025 | އަންގާރަ | 1:19
ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދާއި ވެރިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް އިތުރުވި ނަމަވެސް ގައުމުތަކުން ރާއްޖެއަށް ލިބޭ ހިލޭ އެހީ ދަށްވަމުންދާތީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އެމްބަސީތަކަށް ކުރާ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ހިމަނާފައިވާ ޖުމްލަ 349 މިލިއަން ރުފިޔާގެ ތެރެއިން 270 މިލިއަން ރުފިޔާ އަކީ އެމްބަސީ ތަކުގެ ބަޖެޓެވެ.
ނަމަވެސް، އެމްޑީޕީ ސަރުކާރުގެ ފަސް އަހަރާއި އަޅާބަލާއިރު މި ވެރިކަމުގައި ހިލޭ އެހީ ލިބޭ މިންވަރު ވަރަށް ބޮޑުތަނުން ދައްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރު ނަމްބަރުތައް ވެސް ހިއްސާކުރެއްވި އެވެ.