ޕްރިޒަންސްއަށް މިދިޔަ ސަރުކާރުން ދޭން ކަނޑައެޅި ފްލެޓުތައް ވެސް ނުދީ އާ ލިސްޓުގައި ވެސް ނުހިމެނުމުން ކަންބޮޑުވުން

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 1:51

މިދިޔަ ސަރުކާރުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 1000 ފްލެޓުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓުތައް ނުލިބޭތީ އާއި މި ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ނުލިބޭތީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުން ވަނީ އެ ކަންބޮޑުވުން ކަރެކްޝަންސްގެ ކޮމިޝަނަރު ވެސް އިންނަވާ ގްރޫޕެއްގައި ހިއްސާކޮށްފަ އެވެ.

އެގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މުވައްޒަފުން ބުނެފައި ވަނީ ނޮވެމްބަރު 11، ގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އައު ހެޑްކުއާޓާސްގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މުވައްޒަފުން ދިޔައީ އެމީހުންނަށް މުސާރައިގެ ކުރިއެރުން ލިބުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

މައުޟޫޢުތަށް